ދުވަހުގެ ކެއުން ރަނގަޅަށް ބައްޓަން ކުރުމަށް ހެނދުނު ގިނައިން މެންދުރު މަދުން އަދި ރޭގަނޑު ވަރަށް މަދުން ކެއުމަކީ ގިނަ ބަޔަކު ދެކޭގޮތް ވީއިރު އެއީ ދިރާސާކުރާ ފަރާތްތަކުގެވެސް އިރުޝާދެވެ. އެހެން ކަމުން ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުން ކަމަށް ވީއިރު ބަރުދަން ލުއި ކުރަން މަސައްކަތް ކުރާ ފަރާތްތަކަށް ހެނދުނުގެ ކެއުން ވަރަށް މުހިއްމެވެ.
ތަޖުރިބާ ކާރުން ބުނާ ގޮތުގައި ހެނދުނުގެ ނާސްތާގައި ޕްރޮޓީންގެ މަތީ މާއްދާތައް ހިމެނޭ ޑެއިރީ ޕްރޮޑަކްޓް ބޭނުންކުރުމުން ބަރުދަން ލުއިކޮށް ދެއެވެ. އަދި ދެ ބާވަތެއްގެ ޑައިބެޓިކުން ރައްކާކޮށްދެއެވެ. ނަމަވެސް ސައިންޓިސްޓުން ދެކޭގޮތުގައި ހެނދުނުގެ ނާސްތާގައި ބޭނުން ކުރެވޭ ޕްރޮޓީންގެ ވަކި ބާވަތެއް ބޭނުން ކުރުން މުހިއްމެވެ.
ޓެލް އެވިވް ޔުނިވާސިޓީގެ ޓީމަކުން ހޯދި ހޯދުންތަކަކުން ދައްކާގޮތުގައި ޓުނާ، ސޯއީބީންސް އަދި ބިހުން ލިބެން ހުންނަ ޕްރޮޓީންއަށްވުރެ އާންމުކޮށް ޗީޒް އަދި ޑެއިރީ ޕްރޮޑަކްޓް ތަކުގައި ހިމެނޭ ޕްރޮޓީންގެ ބާވަތްތަކުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް އެހީވެދެއެވެ.
ދެ ވައްތަރުގެ ޑައެބިޓީސް ހުންނަ 48 ފަލަ މީހެއްގެ މައްޗަށް 23 މަސްދުވަހު ކުރި ދިރާސާއެއްގައި ދާއްކާގޮތުން އާންމުކޮށް ކާނާއިން ލިބެން ހުންނަ ޕްރޮޓީންއަށް ވުރެ ޑެއިރީ ޕްރޮޑަކްޓް ތަކުގައި އެކުލެވޭ މަތީ ޕްރޮޓީންގެ މާއްދާ ކެއުމުގައި ބޭނުން ކުރިމީހުންގެ ބަރުދަން ލުއި ކަމަށްވެއެވެ.
ޓެލް އެވިވް ޔުނިވާސިޓީގެ ޕްރޮފެސަރ އޮފް މެޑިސިން ޑޭނިއެލާ ބުނާ ގޮތުގައި ކެއުމުގައި މަތީ ޕްރޮޓީން ބޭނުން ކުރުމުން ނާސްތާއަށްފަހު އެހެންގަޑިތަކުގައި ގިނައިން ކާން ދެވިހިފާފައި ހުންނަ މީހުންގެ ޝައުގު ކުޑަކޮށް ކެއުން މަދުވެއެވެ. އަދި އެހެން ދިމާވަނީ ޕްރޮޓީންގެ ސަބަބުން ހަންގަރ ހޯމޯންއެއް ކަމަށްވާ “ގްރަލިން” އުފެދުމަށް ހުރަސް އެޅޭތީ ކަމަށް ޕްރޮފެސަރ ބުނެއެވެ.
އެހެންކަމުން ޕްރޮޓީން ހިމެނޭ ހެނދުނުގެ ނާސްތާއަކީ ދުވަހުގެ ފެށުމަށް ހީނަރުކަން ގެނެސްދިނުމަށް މުހިންމު ކަމަކަށް ވާއިރު ހެނދުނު ނާސްތާނުކުރުމުގެ ސަބަބުން ދުވަހުގެ އެހެން ވަގުތެއްގައި އެމީހަކު މާގިނައިން ކާން ޖެހުންވެސް އެކަށީގެންވެއެވެ. ވީމާ ބަރުދަން ލުއި ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ޑައެޓުގައި ފައިދާ ހުރި ކާނާގެ އިތުރުން ބޭނުން ކުރުން އެންމެ ރަނގަޅު ބާވަތްތަކަށް ބަލާލުން ބުއްދިވެރިއެވެ.