ރައީސް ނަޝީދާއި ދައުލަތަށް ހިދުމަތް ކުރެއްވި އިއްޒަތްތެރި ބޭފުޅުންގެ އިނާޔާތްތައް ކަނޑާލުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަލީ މަސައްކަތް ކުރައްވާ ކަމަށް ބުނެ އެކަން އެމްޑީޕީ ދިއްދޫ ދާއިރާއިން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީ ދިއްދޫ ދާއިރާއިން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ދިފާއީ ބާރާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގައި ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ބައެއް އިއްޒަތެރި ބޭބޭފުޅުންނަށް ދައުލަތުން ދެއްވަމުން ގެންދަވަ އިނާޔަތާއި ރައްކާތެރިކަން ކަނޑާލުމަށް ހއ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތް ދިއްދޫ އެންމެހާ ރައްޔިތުންގެ ނަމުގައި އަދި ހާއްސަކޮށް އެމްޑީޕީ ދިއްދޫ ދައިރާގެ ހުރިހާ މެންބަރުންގެ ނަމުގައި ކުށްވެރި ކުރާ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު ބްރިގޭޑިއަޔ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީއާއި ކުރީގެ ޕޮލިސް ކޮމިޝަނަރުން ކަމުގައިވާ އަހުމަދު ފަސީޙު އަދި ކިނބިދޫ ދާއިރާގެ މެންބަރު މެންބަރު އަބްދުﷲ ރިޔާޒާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި އެނޫންވެސް އިއްޒަތްތެރި ބޭފުޅުންނަށް އަމާޒުކުރައްވާއި ދިއްދޫ ދާއިރާގެ މިޖިލިސް މެންބަރު މަޖިލީހަށް ހުށައަޅާފައިވާ ބިލްތަކަކީ ދިއްދޫ ރައްޔިތުންގެ ވިންދާއި އިހުސާސްތަކާއި ދެކޮޅު ބިލްތަކެއްކަމަށް އެ ނޫސް ބަޔާނުގައި ވެއެވެ.
އަދި އެއީ ރައްޔިތުންގެ ފަރާތުން ހުށައަޅާފައިވާ ބިލްތަކެއް ނޫން ކަމަށާއި އެ ބިލްތަކަކީ މިއަދުގެ ސަރުކާރުން ހީލަތްތެރި ރޭވުމެއް ދަށުން މަޖިލީހުގައި ތިބި ތައުލީމެއް ނެތް އަދި ކޮރަޕުޝަނުން ފުރިގެންވާ ވިސްުން ކޮށި މެމްބަރުން ލައްވާ ކުރައްވަމުން ގެންދަވާ ހުތުރު އަމަލުތަެއް ކަމުގައިވެސް އެނޫން ބަޔާނުގައި ވެއެވެ.