twitterviber whatsapp telegramfacebookyoutube instagram
19th May 2025

ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ހިންގައިފި

Apr 7, 2016

ނޭޕާލްގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންތަކެއް ލޭ ހަދިޔާ ކުރުމުގެ ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ވޯލްޑް ހެލްތު ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި މިހަރަކާތް ކުރިޔަށް ގެންގޮޮސްފައި ވަނީ ނޭޕާލްގެ މެޓާނިޓީ ހޮސްޕިޓަލެއް ކަމަށްވާ ޕްރަސޫތީ ގްރިހާ ހޮސްޕިޓަލުގައި އެވެ.

މި ހަރަކާތުގައި އިސްކޮށް އުޅުނު ކުޅުދުއްފުށި އިލާ މުހައްމަދު އަލީ ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެމުން ބުނީ ނޭޕާލްގައި މިއަދު ކުރިޔަށް ދިޔަ މި ހަރަކާތުގައި ޖުމްލަ 47 ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 20 ދިވެހިން ހިމެނޭ ކަމަށެވެ.

މި ހަރަކާތް އިންތިޒާމު ކުރި މޯލްޑިވްސް ސްޓޫޑެންޓު އެސޯސިއޭޝަން އަކީ 150 ކުދިން ހިމެނޭ ނޭޕާލްގައި ގިނައިން މެޑިސިންގެ ދާއިރާއިން ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންތަކެކެވެ.

އެ އެސޯސިއޭޝަނުގެ ހަރަކާތްތައް 3 ވަރަކަށް އަހަރު ހުއްޓިފައި އޮތް ނަމަވެސް މި އަހަރުގެ މި ހަރަކާތާއެކު އާ ޖޯށެއްގައި އަލުން އެސޯސިއޭޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ އަޒުމުގައި ފަށާފައިވާ ކަމަށް މުހައްމަދު އަލީ ބުންޏެވެ.

ހެލްތު ޑޭ ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި އެކި ފަރާތްތަކުން ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާއިރު މިއަދު ކުޅުދުއްފުށި ޕަބްލިކް ހެލްތުންވެސް ވަނީ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ގިފްޓް ޕެކް ހަދިޔާކޮށްފައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355