ޕްރީ މެރިޓަލް ކައުންސިލިންގ ނުވަތަ ކައިވެނީގެ ކުރިން ދެވޭ ކައުންސިލުންގެ ހިދުމަތް ކުޅުދުއްފުށީ ޕަބުލިކް ހެލްތުން ދޭން ފަށައިފި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ފެށި މިކައުންސިލިންގގައި ކައުންސިލިންގ ދިނުމަށް އަލިއަޅުވާލައިފައި ވާނީ މައިގަނޑު ތިން ބަޔަކަށް ކަމަށް ކުޅުދުއްފުށީ ޕަބުލިކް ހެލްތް ޑިޕާޓުމެންޓްގެ ސީނިއަރ ކޮމިއުނިޓީ އޮފިސަލް ސަމީނާ މުހައްމަދު ވިދާޅުވި އެވެ.
ޕްރީ މެރިޓަލް ކައުންސިލިންގ އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސަމީނާ ވިދާޅުވީ މިކައުންސިލިންގ ގައި ބޮޑަށް އަލި އަޅުވާލާނީ ކައިވެންޏެއް ކުރަން އުޅޭ ދެ ކުއްޖަކަށް ކޮންމެހެން ބޭނުންވާ ސިއްހީ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
” ކުރިން ވެސް އަޅުގަނޑުމެން ކުރަމުންއައި ކަމެއް ކޮންމެ މަހެއް ނިމުނީމަ އެމަހު ކައިވެނިކުރި މީހުންގެ ގެނެސް ފެމެލީ ޕްލޭނިންގ ޝެޝަންތައް ދެން . އެކަމަކު ދެން މިކައުންސިންގ ފެށުމުން ކައިވެންޏަށް ފަހު އެއް ނުގެންނާނަށް ” ސަމީނާ ވިދާޅުވި އެވެ.
އެގޮތުން ޕްރީ މެރިޓަލް ކައުންސިލިންގ ގައި ކައުންސިލިންގ ދިނުމަށް ހަމަޖެހިފައިވާނީ ފެމެލީ ޕްލޭނިންގ އާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާއި މާބަނޑުވުމުންގެ ކުރިން ދެމަފިރިޔަކު ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ނުވަތަ ވިސްނަ ޖެހޭ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަފްތާއަކު ކޮންމެ ބުރާސްފަތި ދުވަހެއްގައި ކުރިއަށްގެންދަން ނިންމާފައިވާ މި ކައުންސިލިންގ ގައި އެ ހަފްތާއަކު ކައިވެނިކުރަން ފޯމް ހުށަހަޅަފައިވާ ހުރިހާ ފަރާތަކެއް މި ކައުންސިލިންގ ގައި ބައިވެރިކުރުމަށް ވަނީ ހަމަޖައްސާފަ އެެވެ. މިއީ އަދި ވަރަށް މަދު އަތޮޅުތަކެއްގައި ނޫނީ ކުރިއަށް ނުގެންދާ ހަރަކާތެއްކަން ފާހަގަކުރެވެ އެވެ.