twitterviber whatsapp telegramfacebookyoutube instagram
19th May 2025

ރާއްޖެ ޓީވީގެ ދެ ނޫސްވެރިޔަކުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި

Apr 7, 2016

ރާއްޖެ ޓީވީގައި މަސައްކަތް ކުރާ ދެ ނޫސްވެރިޔަކުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

ދައުއުވާ އުފުލާފައި ވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް އަދި ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނާސިރުގެ މައްޗަށެވެ.

ދައުލަތުން މި ދެ ނޫސްވެރިންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ކޮށްފައި ވާއިރު އޭގެ އިތުރުން މުހައްމަދު ވިޝާމްގެ މައްޗަށް ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާވެސް އުފުލާފައެެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް ތިން ފަހަރެއްގެ މަތިން ވިޝާމް ހައްޔަރުވެސް ކޮށްފައި ވާއިރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ވިޝާމަށް މިހާރު ވަނީ ޗިޓް ފޮނުވާފަ އެވެ. އެގޮތުން ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ މައްސަލާގައި މިމަހު 14 ވަނަ ދުވަހު ދެ ނޫސްވެރިންނަށްވެސް އަންގާފައިވާއިރު ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ މައްސަލާގައި ވިޝާމަށް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ވިޝާމްއަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޑީޕީ އަދި އަދާލަތު ޕާޓީން ބޭއްވި މުޒާހަރާއެއް ކަވާކުރަން އުޅުމުގެ ތެރެއިން އޭނާ ހައްޔަރުކުރި މައްސަލާގަ އެވެ. އަދި އޭގެ އިތުރުން މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުމުގެ ތެރެގައި ވެސް ވިޝާމް ހައްޔަރުކޮށްފައިވެއެވެ.

މި ދެ ނޫސްވެރިންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ އަބުރު ރައްކާތެރިކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަންކަން ހުރި ކަން ފާހަގަކޮށް ބިލާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355