ޖަލާލުއްދީން ސްކޫލުގައި އިއްޔެ ކުރިއަށް ދިޔަ ޖަންބަލް ސޭލުން ބައި ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
އެސްކޫލުގެ 6 ކުލާސް ރޫމްގައި ތަށިމުށި ޖެހުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭއްވި މިޖަމްބަލް ސޭލުން ޖުމްލަ 50،750/30 ރުފިޔާ ލިބިފައިވެ އެވެ.
އެ ސްކޫލްގެ އިންޕޮމޭޝަން އޮފިޝަރ އައިޝަތު ހަސަން ވިދާޅުވީ އިއްޔެ މެންދުރުފަހު 2:30 ފެށިގެން ހަވީރު 5 ކުރިއަށް ގެންދިޔަ މި ސޭލް ކުރިއަށް ގެންދިޔައީ 9 ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެންމެ ގިނަ ރުފިޔާ ހޯދާފައިވަނީ ގްރޭޑް 9 ގެ ގްރޫޕް މަސްކުރޮޅި އެވެ. މި ގްރޫޕުން ވަނީ ޖުމްލަ 13،036 ރުފިޔާ ހޯދާފަ އެވެ.
ދެވަނަ އަށް އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ގްރޭޑް 8 ގެ ގުރޫޕް ދެލޮނުގިއްޗެވެ. އެ ގްރޫޕުން ޖުމްލަ 8،770/50 ރުފިޔާ ހޯދާފައި ވާއިރު 3 ވަނަ އަށް އެންމެ ގިނަ ރުފިޔާ ހޯދު އަޑުބާ އަށް ލިބިފައިވަނީ 7،201 ރުފިޔާ އެވެ.
މީގެ ކުރިންވެސް ޖަލާލުއްދީން ސްކޫލްގެ އެކިކަންކަަމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ސްކޫލްގެ ފިޓީއޭއިން ވަނީ ކާމިޔާބު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.