ޓީވީ ތަރި ޕްރަތިއުޝާ ބެނެރްޖީ އަމިއްލައަށް ދަންޖެހި މަރުވުމުން އޭނާއަށް ސަޕޯޓް ކުރާ ފޭނެއް އެމީހާގެ ދެ އަހަރުގެ ދަރިފުޅު ކުރިމަތީގައި ދަންޖެހިގެން މަރުވެއްޖެއެވެ.
ޓީވީ ސިލްސިލާ “ބަލިކާ ވަދޫ”ގެ އާނަންދީގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ޕްރަތިއުޝާ ދަންޖެހި މަރުވެފައިވުމާ ގުޅިގެން މި މީހާ ދަން ޖެހި މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
އުމުރުން 26 އަހަރުގެ މަދޫ މަހަނަންދަކީ އިންޑިޔާގެ ޗައްތިސްގަރުގެ ސިޓީއެއް ކަމަށްވާ ރައިޕުރްގައި ދިރިއުޅެމުން އައި ޕްރަތިއުޝާގެ ވަރަށް ބޮޑު ފޭންއެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ އަމިއްލައަށް މަރުވެފައި ވަނީ 2 އަހަރުގެ ދަރިފުޅުއެކީ ކޮޓަރިތެރެއަށް ވަދެ ތަޅުލައި ފަންކަލުގައި ދަންޖެހިގެން ކަމަށް ހަބަރުތަކުން ބުނެއެވެ.
މަދޫގެ ފިރިމީހާ ނަކުލް ބުނިގޮތުގައި ޕްރަތިއުޝާގެ މަރާގުޅުން ހުރި ހަބަރުތަކަށް މަދޫ ފޮލޯކުރި ކަމަށާއި އެ ހާދިސާގެ ސަބަބުން އޭނާ ހުރީ ވަރަށް ޑިޕްރެސްވެފައި ކަމަށް ފިރިމީހާ ބުންޏެވެ. އަދި “ބަލިކާ ވަދޫ” އިން އާނަންދީ ކެރެކްޓާ އޭނާއަށް ވަރަށް ކަމުދާ ކަމަށް ނަކުލް ކިޔައިދިނެވެ.
މި މައްސަލާގައި ޕޮލިހުން މަދޫގެ ފިރިމީހާ ނަކުލްއަށް ތުހުމަތު ކުރެވޭ ކަމަށްބުނެ ހައްޔަރު ކުރި ނަމަވެސް މަދޫގެ މައިބަފައިން މަދޫއާއި އާނަންދީގެ ހުރި “އެޑިކްޝަން” އާއި ބެހޭގޮތުން ސްޓޭޓްމެންޓް ދިން ފަހުން ޕޮލިހުން ވަނީ އޭނާގެ ފިރިމީހާ ދޫކޮށްލާފައިއެވެ. މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށްގެންދާއިރު ޕްރަތުއުޝާއާއިއެކު އޭނާގެ ފޭނަކު އަމިއްލައަށް މަރުވުމުގެ ހަބަރުތަކުން ވަނީ ގިނަ ބަޔަކު އަނެއްކާވެސް ސިއްސުވާލާފައިއެވެ.
ކަލާޒް ޗެނަލުން މިހާރު ވެސް ދައްކަމުން އަންނަ ޓީވީ ސިލްސިލާ “ބަލިކާ ވަދޫ” އިން ވިދާލި ޒުވާން ބަތަލާ ޕްރަތިއުޝާ ބެނަޖީ ދަންޖެހިފައި ހުއްޓާ ފެނުނީ މި މަހުގެ އެއްވަނަ ދުވަހު އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުގަ އެވެ.
ބައެއް ޓީވީ ތަރިން ވަނީ ޕްރަތުޝްޔާ ދަންޖެހިގެން މަރުވެފައިވަނީ އަމިއްލައަށް ނޫންކަމަށާއި މީހަކު އޭނާ މަރާލީކަމަށް ބުނެފަ އެވެ. އަދި ޕްރަތިއުޝަގެ މަރުގެ ފަހަތުގައި ރައްޓެހިވެގެން އުޅުނު ރާހުލް ސިންގ ގެ އަތެއް ވާ ކަމަށް ބުނެ ގިނަ ބަޔަކުދަނީ އޭނާއަށް ތުހުމަތު ކުރަމުންނެވެ.