ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު އަންގާރަ ވަނަ ދުވަހު ކުޅުދުއްފުށީގައި ފަށާނެ އެވެ
ވީއެމްއެމްއޭ ޕްރެޒިޑެންޓްސް ކަޕްގެ ނޯތު ޑިވިޝަން ކުޅުދުއްފުށީގައި އަންނަ އަންގާރަ ވަނަ ދުވަހު ފެށިގެންދާއިރު މި ކަޕްގެ ސައުތު ޑިވިޝަން ވަނީ އިއްޔެ ނިމިފަ އެވެ. އެމުބާރާތް ފޯއްމުލަކުގައި ކުރިއަށްދިޔައިރު ޗެމްޕިއަންކަން ހޯދީ ފޯއްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ.
ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ޖުމްލަ 4 ރަށަކުން 5 ޓީމެއް ވާދަކުރަން ހަމަޖެހިފައިވާ ވެއެވެ. އެއީ ކުޅުދުއްފުށީ ސްކައި އާއި ޒިގްޒެގް އާއި ފާއިތުވި ދެއަހަރުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫ، ކުލަބް ޕޯލް ސްޓަރ އާއި ނޮޅިވަރަމް ކުލަބް ހުވާސް އާއި ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާ އެވެ.
ދުވާލަކު 2 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ވާދަކުރަން ހަމަޖެހިފައިވަނީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ކުޅުދުއްފުށީ ސްކައި އެވެ. އަދި އެދުވަހުގެ ރޭގަނޑު ބައްދަލުކުރާ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަމް ކުލަބު ހުވާސް އާއި ކުޅުދުއްފުށީ ޒިގްޒެގެވެ.
މިމެޗުތައް ކުރިއަށްދާނީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގެ ވޮލީ ކޯޓްގަ އެވެ.
2008 ވަނަ އަހަރުން ފެށިގެން އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ޕްރެޒިޑެންޓް ކަަޕްގެކޮލިފައިން މުބާރާތެއްގެކެވެ.
ގައުމީ އަންހެން މުބާރާތަައް ޖުމްލަ 8 ޓީމެއް ކޮލިފައިވެގެން ދާނެ އެވެ. އެއީ އުތުރާއި ދެކުނުގައި ބޭއްވޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން 2 ޓީމާއި ރަނަރަޕް 2 ޓީމާއި މާލޭގައި ބޭއްވި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ގަދަ 2 ޓީމު އަދި މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ގަދަ 2 ޓީމެވެ.
މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ނޯތު ޑިވިޝަން ހއ ބާރަށުގައި ބޭއްވިގެން ދިޔައިރު އެ މުބާރާތުގެ ޗެމްޕިޔަންކަން ހޯދާފައި ވަނީ އިހަވަންދޫ ޕޯލްސްޓާރ އިންނެވެ.