twitterviber whatsapp telegramfacebookyoutube instagram
2nd June 2026

އިއްޔެ ކަނޑުމަތިން ފެނުނު ބިދޭސީއަކީ ފިލަންވެގެން އުޅުނު މީހެއް: ޕޮލިސް

Apr 10, 2016

އިއްޔެގެ ވަގުތެއްގައި ށ. އަތޮޅުން ކަނޑުމަތިން ފެނުނު މީހަކީ އެމީހާގެ ސްޕޮންސަރ އަށް ފިލައިގެންދާން މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ވަދާ ނުކުމެ އުޅުނު ދޯންޏަކަށް އިއްޔެ ށ. ހިރުބަދޫއާއި ދިމާ ހުޅަނގުން 2 މޭލެއްހާ ބޭރުން ކަނޑުމަތީގައި އޮތް މީހަކު ފެނިގެން ށ، ފުނަދުއަށް ގެނެސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ބަނގްލަދޭޝް އަށް ނިސްބަތްވާ އެމީހަކީ ނިމިގެންދިޔަ ހަފްތާގައިވެސް ފިލައިގެންގޮސް ށ. ޅައިމަގުގައި އުޅެނިކޮށް އެމީހާ ރާއްޖެ ގެނެސްފައިވާ ފަރާތުން އެމީހާ މަސައްކަތްކުރާ ރަށަށް ގެންގޮސްފައިވާ މީހެކެވެ.

އަދި އެއަށްފަހު 2 ވަނަ ފަހަރަށް އޭނާ ފިލައިގެން ގޮސްފައިވާކަން މިމަހުގެ 8 ވަނަ ދުވަހު އޭނާ ރާއްޖެ ގެނެސްފައިވާ ފަރާތުން ފުލުހުންނަށްވެސް ވަނީ ހުށަހަޅާފަ ކަމަށާއި އޭނާ ހޯދުމަށްޓަކައި ފުލުހުންވެސް ދިޔައީ ށ. އަތޮޅުގެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް މަސައްކަތް ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އޭނާ މާކަނޑަށް ނުކުމެ މަސައްކަތް ކުރަމުންދިޔައީ ފިލައިގެން ކޮންމެވެސް އެހެން ރަށަކަށް ދާށެވެ.

ބިދޭސީ މީހާ މަސައްކަތްކުރަމުންދަނީ ރިޒޯޓެއްގެ ގޮތުގައި ށ. އަތޮޅުގައި ތަރައްޤީ ކުރަމުންދާ ކަނބާލި ފަރުގައެވެ. މި މައްސަލައާއި މި މައްސަލައާ ގުޅުންހުރި ކަންތައްތަގެ ތަހުގީގު ކުރިޔަށްދާ ކަމަށް ފުލުހުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355