twitterviber whatsapp telegramfacebookyoutube instagram
7th November 2025

ކަނޑިތީމު ސްކޫލްގެ ދަރިވަރުންނަށް ކަސްރަތު ކުލާހެއް ބާއްވައިފި

Apr 10, 2016

ދުނިޔޭގެ ސިއްހަތުދުވަސް ފަހަގަ ކުރުމުގެ ގޮތުން ށ ކަނޑިތީމުގައި ކަސްރަތު ކުލާހެއް ބާއްވައިފިއެވެ.

ށ. ކަނޑިތީމު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކަނޑިތީމު ސްކޫލުން އިންތިޒާމްކުރި މި ކަސްރަތު ކުލާހުގައި އެ ސްކޫލްގައި ތަޢުލީމު ހާސިލްކުރަމުންދާ 300 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ކުލާހުގައި ކަސްރަތުކުރުމުގެ މުހިއްމުކަމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާގެ މުއްހިއްމުކަމާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ކަސްރަތު ކުރާނެ ރަނގަޅުގޮތްތައް ކިޔައިދީފައިވާ ކަމަށް ޕޮލިހުން މައުލޫމާތު ދެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ޕަބްލިކް ހެލްތުން ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ގިފްޓް ޕެކް ހަދިޔާކޮށްފައިވާއިރު ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ވަނީ ލޭ ހަދިޔާ ކުރުމުގެ ހާއްސަ ހަރަކާތެއްވެސް ބާއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355