ސްކޫލް ސްޓާފް ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ޓްވިޓަރ ބަލިކޮށް ފޭސްބުކް އިން ހޯދައިފި އެވެ.
ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 6-6 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފޭސްބުކްއިން މެޗު ކާމިޔާބުކުރީ 12-11 އިންނެވެ.
މުބާރާތުގެ ރަނަރއަޕް ޓީމް
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޭސްބުކްގެ އަބޫބަކުރު އަލީ އެވެ. މި މުބާރާތުގައި 29 ލަނޑު ޖަހައިގެން ރަން ބޫޓް ހާސިލް ކުރީ ޓްވިޓާގެ އަރުޝަދު ހަސަން (އަރޭ) އެވެ.
މި މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން ފޭސްބުކްގެ އަބޫބަކުރު އަލީ އާއި އެ ޓީމުގެ ކީޕަރ ސަމާހް އިބްރާހިމް އާއި ރަނަރއަޕް ޓްވިޓަރގެ އަރުޝަދު ހަސަން އާއި އެ ޓީމުގެ އަބްދުﷲ މުހައްމަދު އަދި ޓީމް އިންސްޓަގްރާމްގެ މުހައްމަދު އަބޫބަކުރު އެވެ.
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން ޝަރަފުވެރި މެހެމާނާއެކު
މިރޭގެ މެޗު ޝަރަފުވެރިކޮށްދެއްވާ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލް މެންބަރު އިބްރާހިމް ރަޝީދު އެވެ.