twitterviber whatsapp telegramfacebookyoutube instagram
7th November 2025

އަފީފުއްދީން ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި

Apr 11, 2016

އަފީފުއްދީން ސްކޫލުގެ 12 އިންޓަރ ހައުސް ސީނިއަރ ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗު ޝަރަފްވެރިކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުއްﷲ އެވެ.

ޝަރަފްވެރި މެހެމާން ސަލާމްކުރައްވަނީ–ފޮޓޯ: ވާހިދު

މުބާރާތުގެ އިއްޔެ ބަދަލުކޮށްފައިވަނީ ފަރީދީ ހައުސް އާއި މަޖީދީ ހައުސް އެވެ. މެޗު ނިމުނީ 2 ޓީމް ވެސް 2-2 އެއްވަރުވެގެން ނެވެ.

އަފީފުއްދީން އިން މައުލޫމާތު ދޭ ގޮތުގައި މި ހަފުތާގެ އާދިއްތައިން ހުކުރު ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު މި މުބާރާތުގެ މެޗުތައް އޮންނާނެ އެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ޒޯން ސްޓޭޑިއަމްގަ އެވެ.

އިއްޔެގެ މެޗުގެ ތެރެއިން–ފޮޓޯ: ވާހިދު

މި މުބާރާތުގައި ސްކޫލުގެ ހަތަރު ހައުސް ކަމުގައިވާ ފަރީދީ، އަމީނީ، ގާޒީ އަދި މަޖީދީ ހައުސް ވާދަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355