twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ނޭކުރެންދޫގައި ވޮލީ ކޯޗިން ކޭމްޕެއް ކުރިއަށްދަނީ

Apr 12, 2016

ހދ ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށު ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީ ކޯޗިން ކޭމްޕެއް މިދިޔަ ހުކުުރު ދުވަހުން ފެށިގެން ކުރިއަށް އެބަގެންދެ އެވެ.

މި އޭޕްރިލް މަހު 14 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯޗިން ކޭމްޕަކީ ވޮލީބޯޅައަށް ޒުވާނުންގެ މެދުގައި ޝައުގުވެރިކަން އުފައްދައި ވޮލީގެ ގަވާއިދާއި ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ޕޮލިހުން މައުލޫމާތު ދެއެވެ.

މި ކޭމްޕުގައި ވޮލީގެ ގަވާއިދާއި ކުޅިވަރުގެ އަހުލާގާއި ވޮލީގެ ހުނަރުތައް ދަސްކޮށްދީފައިވާއިރު ކޭމްޕުގައި ދަސްކޮށްދީފައިވާ ތަކެތި ދަސްވެފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފައިވާ ކަމަށް ވެސް ފުހުލުން މައުލޫމާތު ދެއެވެ.

މި ކޭމްޕުގައި ނޭކުރެންދޫގެ 37 ޒުވާނަކު ބައިވެރިވެފައިވާއިރު މި ކޭމްޕުގައި ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ވޮލީ ކޯޗެއްކަމަށްވާ ޕޮލިސް ލ. ކޯޕްރަލް ސޯދިގް މޫސާއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355