twitterviber whatsapp telegramfacebookyoutube instagram
15th February 2026

އިހަވަންދޫ މަދަރުސާގެ ބެލެނިވެރިން ހޭލުންތެރިކުރުވައި ބާރުވެރިކުރުމަށް ކޭމްޕެއް ބާއްވައިފި

Apr 12, 2016

ހއ. އިހަވަންދޫ މަދަރުސާގެ ބެލެނިވެރިން ހޭލުންތެރިކުރުވައި ބާރުވެރިކުރުމަށް ހާއްސަ ކޭމްޕެއް ބާއްވައިފިއެވެ.

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހއ. އިހަވަންދޫ މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާ (ޕީޓީއޭ) ގުޅިގެން މިދިޔަ ހުކުރު ދުވަހު ފެށި މި ކޭމްޕު ވަނީ ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންގޮސްފައެެވެ.

މި ކޭމްޕުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކުރުވައި، ބެލެނިވެރިން ބާރުވެރިކޮށް ދަރިން ތަރުބިއްޔަތު ކުރުމުގެ އުޞޫލުތަކާއި އަސާސްތަކުގެ މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދަޢުރާއި އަދާކުރެވިދާ ރޯލާއި ބެހޭގޮތުންނާއި ދަރިން ތަރުބިއްޔަރުކޮށް ބެލެނިވެރިން ބާރުވެރިކުރުމުގެ ގޮތުުުން ބޭނުންވާ ތަފާތު މަޢުލޫމާތުތައް ދީފައިވެއެވެ.

މި ކޭމްޕުގައި އިހަވަންދޫ މަދަރުސާގެ 81 ބެލެނިވެރިއަކު ބައިވެރިވެފައިވާއިރު މި ކޭމްޕުގައި މަޢުލޫމާތު ދީފައިވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355