twitterviber whatsapp telegramfacebookyoutube instagram
14th August 2026

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތް 5 ޓީމާއެކު ކުޅުދުއްފުށީގައި ފަށައިފި

Apr 12, 2016

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ

މިއަދު ހަވީރު ބައްދަލުކުރީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް އެވެ. މިމެޗު 3-1 ސެޓް ކާމިޔާބުކުރީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތެވެ.

ފުރަތަމަ ސެޓް ނާވައިދޫ ކާމިޔާބުކުރި ނަމަވެސް ފަހުން ކުޅުދުއްފުށީ ޓީމް ރަނގަޅުކޮށް 3 ސެޓް ވަނީ ކާމިޔާބުކޮށްފަ އެވެ. މެޗު އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްކައިގެ އައިޝަތު ވިޝާމާ އެވެ. މިމެޗު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ހަސަނެވެ.

މިމުބާރާތުގައި ޖުމްލަ 4 ރަށަކުން 5 ޓީމެއް ވާދަކުރެ ވެއެވެ. އެއީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) އާއި ޒިގްޒެގް އާއި ފާއިތުވި ދެއަހަރުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫ، ކުލަބް ޕޯލް ސްޓަރ އާއި ނޮޅިވަރަމް ކުލަބް ހުވާސް އާއި ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާ އެވެ.

ދުވާލަކު 2 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާގެ ފުރަތަމަ މެޗުގައި ވާދަކުރަން ހަމަޖެހިފައިވަނީ ސްކައި އާއި ޒިގްޒެގެވެ އަދި ރޭގަނޑު ބައްދަލުކުރާ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި އިހަވަންދޫ ކުލަބު ޕޯލް ސްޓަރ އެވެ

މިމެޗުތައް ކުރިއަށްދަނީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގެ ވޮލީ ކޯޓްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355