twitterviber whatsapp telegramfacebookyoutube instagram
15th July 2025

ހަނިމާދޫ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

Apr 14, 2016

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 60 ރަބަރު ހޮޅިކޮޅާއެކު ހދ.ހަނިމާދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 60 ރަބަރު ހޮޅިކޮޅާއެކު ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ކޯޓް އަމުރެއްގެ ދަށުން މިއޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެރޭ 11:10 ހާއިރު ހަނިމާދޫ ގެއަކުންނެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ހޮޅިކޮޅުތައް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެގެ ބަލައިފާސްކުރިއިރު އިރު އުތުރު ފަރާތު ފާރުކައިރީ ވަޅުލާފައި އޮތް ޕްލާސްޓިކް ފުޅިއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355