twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހއ އަތޮޅު މަދަރުސާގެ ދަރިވަރަކަށް އެ ސްކޫލުގެ ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ

Apr 14, 2016

ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާގައި ތައުލީމު ހާސިލްކުރަމުންދާ ގުރޭޑް 2 ގެ ދަރިވަރަކަށް އެސްކޫލުގެ ލީޑިންގ ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު 8 އަހަރުގެ ކުއްޖަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް މާރޗް 14 ވަނަ ދުވަހު އެއިދާރާއަށް ހުށަހެޅި ފައިވާ ކަމަށެވެ.

އަދި އެމައްސަލަ ޖެންޑާ އާއި ގުޅިގެން ބަލަމުންދާ ކަމަށާއި އެކަމުގެ ތުހުމަތުގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355