twitterviber whatsapp telegramfacebookyoutube instagram
7th November 2025

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

Apr 16, 2016

ކުޑަ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރި 57 އަހަރުގެ މީހަކު 15 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ ކޯޓުން ހުކުމް ކޮށްފި އެވެ.

ނާސަރީގައި އުޅުން ދުވަސްވަރުން ފެށިގެން ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުުހުމަތުގައި ހުކުމް އިއްވާފައިވަނީ މާލޭގެ ރަޖިސްޓަރީގައި ހިމެނޭ ކުޅުދުފުއްޓަށް އުފަން ހ.ސަކީނާވިލާ އާދަމް އަލީ ގެ މައްޗަށެވެ. މި މައްސަލަ ފަޅާއަރާފައި ވަނީ 2009 ވަނަ އަހަރު އެވެ. މިހާރު މި ކުއްޖާގެ އުމުރަކީ 9 އަހަރެވެ.

އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާއި މެދު ޖިންސީ ގޯނާ ކުރި ކަމުގެ ކުށުގައި އާދަމް އަލީގެ މައްޗަށް ހުކުމް އިއްވާފައިވަނީ މި މަހު 14 ވަަނ ދުވަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް އަލީ ޖިންސީ ގޯނާ ކޮށްފައިވަނީ އޭނާއަށް ދޮންކާފަ ކިޔާ ކުއްޖަކާ އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ވާގޮތުގައި އެދައުވާއަށް އާދަމް އަލީ އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355