twitterviber whatsapp telegramfacebookyoutube instagram
7th November 2025

އަފީފުއްދީން ސްކޫލް އިންޓަރ ހައުސް ފުޓްބޯޅަ ޗެންޕިއަންކަން މި ފަހަރުވެސް ޣާޒީ ހައުސް ހޯދައިފި

Apr 17, 2016

އަފީފުއްދީން ސްކޫލްގެ 12 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން މި ފަހަރުވެސް ޣާޒީ ހައުސް ހޯދައިފި އެވެ.

މި މަހު 11 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލަށް ޣާޒީ ހައުސް ދަތުރުކޮށްފައިވަނީ 6 ޕްއިންޓާއިއެކު 2 ވަނަ ޓީމުގެ ގޮތުގައެވެ. އަދި ފަރީދީ ހައުސް ދަތުުރުކޮށްފައި ވަނީ 7 ޕޮއިންޓާއެކު 1 ވަނަ ޓީމުގެ ގޮތުގަ އެވެ.

މިދިޔަ އަހަރުގެވެސް ޗެންޕިއަން ޣާޒީ ހައުސް މި މުބާރާތުގެ ތަށި މިފަހަރު ކާމިޔާބުކޮށްފައިވަނީ އިއްޔެ ކުޅުނު މެޗުގައި ފަރީދީ ހައުސް އާއި ވާދަކޮށް 9-8 މެޗް ކާމިޔާބުކޮށް ގެނެވެ.

މިދިޔަ އަަހަރުގެ އިންޓަ ހައުސް ފުޓްބޯޅާ މުބާރަތުގައި ޣާޒީ ހައުސް ޗެންޕިއަންކަން ހޯދާފައިވަނީ 0-10 އަމީނީ ހައުސް ބަލިކޮށް ގެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355