twitterviber whatsapp telegramfacebookyoutube instagram
7th November 2025

އިހަވަންދޫގައި ބީއެމްއެލްގެ ހިދުމަތް ފަށަނީ

Apr 18, 2016

ހއ އިހަވަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް ފެށުމުގެ ގޮތުން އިމާރާތްކުރަންޖެހޭ އައުޓްލެޓް އިމާރާތް އެޅުމަށް ކުންފުންނަކާ ހަވާލުކޮށްފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިމާރާތް ކުރުމަށް ހަވާލުކޮށްފައި ވަނީ “އާބަން މެރިން” ކިޔާ ކުންފުންޏަކާ ކަމަށެވެ.

އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފަށާތާ 85 ދުވަސްތެރޭގައި އަޅާ ނިންމާގޮތަށް ޝަރުތުކޮށްފައި ކަމަށާއި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އިވަހަންދޫ ކުޑަކުދިންގެ ޕާކު ކައިރި ސަރަހައްދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިހަވަންދޫގައި ބޭންކުގެ ހިދުމަތް ހޯދާ މީހުން ވަރަށް ގިނަކަމަށާއި، އެހެންކަމުން މިކައުންސިލް މަސައްކަތް 2014 ވަނަ އަހަރު ފެށުމާއެކު އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އިހަވަންދޫގައި ބޭންކުގެ ހިދުމަތް ލިބޭނެ މަގެއް ހޯދައިދިނުމަށް އެދި ބީއެމްއެލްގެ މެނޭޖިންގް ޑިރެކްޓަރ މިސްޓަރ އެންޑުރޫ ހީލީއަށް އެޑްރެސްކޮށް ސިޓީވެސް ފޮނުވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2015 ވަނައަހަރު ފިނޭންސް މިނިސްޓްރީ އަށާއި ރައީސް އޮފީހަށްވެސް ބެންކުގެ ހިދުމަތް އިހަވަންދޫއިން ލިބޭނެ މަގެއް ހޯދައި ދިނުމަށް އެދި ސިޓީ އަކުން ދަންނަވާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިހަވަންދޫއަކީ މަސްވެރިކަމާއި އެހެނިހެން ވިޔަފާރިތައްވެސް ކުރަމުން އަންނަ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355