ވީއޭއެމް ޕްރެޒިޑެންޓް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 3 ވަނަ ފަހަރަށް އިހަވަންދޫ ކުލަބު ޕޯލްސްޓަރ ކާމިޔާބުކޮށްފި އެވެ.
އިހަވަންދޫ ކުލަބު ޕޯލްސްޓަރ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ސޮސައިޓީ ފޯ ކުޅުދުއްފުށީ ބަލިކޮށް ސީދާ ތިން ސެޓުންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އިހަވަންދޫ ކުލަބް ޕޯލްސްޓަރ ފާތިމަތު ތަހޫރާ، މީނާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.
މިމުބާރާތުގެ ޑްރީމް ޓީމަށް ހޮވާފައިވަނީ ކުޅުންތެރިނަކީ ކުލަބު ޕޯލްސްޓަރ ފާތިމަތު ތަހޫރާ އާއި ފާތިމަތު ޝަނީޒާ އާއި މަރިޔަމް ރަޝީދާ އާއި އައިޝަތު އަޒްހާރާ އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތްގެ މަރްޔަމް މިޒްނާ އަދި ފަޒްލާ އަބޫބަކުރެވެ.
ޑްރީމް ޓީމްގެ ލިބަރަލް ކުޅުންތެރިޔާގެ މަގާމް ހޯދީ ކުލަބު ޕޯލްސްޓަރގެ ނާޒިމާ އަބުދުލް ވާހިދެވެ. 19 އަހަރުން ދަށުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުލަބު ޕޯލްސްޓަރގެ ފާތިމަތު ޝަނީޒާ އެވެ.
މިމުބާރާތުގެ ޓީމަށް އެންމެ ފައިދާ ހޯދައި ދިން ކޯޗުގެ މަގާމް ލިބިފައިވަނީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތްގެ ކޯޗު ސަފްވާން އަހުމަދެވެ. މުބާރާތުގެ ތިންްވަނަ ޓީމުގެ މަގާމް ލިބުނީ ނޮޅިވަރަމް ކުލަބު ހުވާސް އަށެވެ.
މިމުބާރާތުގެ ހާއްސަ ވަނަތަކަށް މެޑެލް އާއި ތަށި އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ރީޖަނަލް ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލް އާއި ހދ އަތޮޅު ޕޮލިސް ކޮމާންޑަރ ޗީފް ސްޓޭޝަން އިންޕެކްޓަރ އޮފް ޕޮލިސް އަހުމަދު ނަސީމް އާއި ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް ރާގިބް އަހުމަދެވެ.
މުބާރާތުގެ އިތުރު ފޮޓޯތައް ބެއްލެވުމަށް