twitterviber whatsapp telegramfacebookyoutube instagram
7th November 2025

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗަކާއެކު ވަށަފަރު މީހަކު ހައްޔަރުކޮށްފި

Apr 20, 2016

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗަކާއެކު ހއ. ވަށަފަރުން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހއ.ދިއްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުން ހއ.ވަށަފަރުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ކޯޓު އަމުރެއްގެ ދަށުން މިމަހު 18 ވަނަ ދުވަހު 11:15 ހާއިރު ވަށަފަރުގައި ތުހުމަތު ކުރެވޭ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގޭގައި އޭނާ ދިރިއުޅޭ ކޮޓަރީގައި އޮތް ޖީންސެއްގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހްޤީޤް ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެެވެ. އަދި މިހާރު މިމައްސަލަ ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހްޤީޤް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355