twitterviber whatsapp telegramfacebookyoutube instagram
12th September 2025

ނޭކުރެންދޫ ކައުންސިލުން އެރަށުގައި މޫދު އެރޭ ސަރަހައްދެއް ހަދަނީ

Apr 24, 2016

ހދ ނޭކުރަންދޫ ކައުންސިލުން އެރަށުގައި މޫދު އެރޭ ސަރަހައްދެއް ހަދަން ފަށައިފި އެވެ.

ނޭކުރަންދޫ ކައުންސިލުގެ ރައީސް އަލީ ސިޒާން ވިދާޅުވީ އެރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންގެ އެހީތެރިކަމާ އެކު ހަދާ މޫދު އެރޭ ސަރަހައްދު އަންނަ މަހު ނިންމާލެވޭނެ ކަމަށެވެ.

މުވައްޒަފުންގެ އިޖްތިމާއީ މަސައްކަތެއް ގޮތުން ކުރާ މިމަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން މޫދު އެރޭ ސަރަހައްދު ހަދަން ހަމަޖެހިފައިވާ ތަން ސާފުކޮށްފައިވާ ކަމަށެވެ.

ޝިޒާން ވިދާޅުވީ މޫދު އެރޭ ސަރަހައްދު ނިމޭއިރު އެތަނުގައި ބާބަކިއު އޭރިޔާ އަކާއި މީހުން މަޑުކޮށްލައިގެން ތިބޭނެ ހަޓް ތަކެއް ހުންނާނެ ކަމަށާއި އަދި އެތަން ތަރައްގީކުރަނީ ރޭގަނޑުވެސް މޫދު އެރެވޭނެ ގޮތަށް ލައިޓް ހަރުކުރެވިގެން ކަމަށް ޝިޒާން ވިދާޅުވި އެވެ.

އަދި އެތަން އެއްކޮށް ތަރައްގީކޮށް ނިމޭއިރު ކެފޭއެއްގެ ހިދުމަތްވެސް ލިބޭނެ ކަމަށް ޝިޒާން ވިދާޅުވި އެވެ.

ނޭކުރަންދޫ ކައުންސިލަކީ ހދ އަތޮޅުގައި ފާހަގަކޮށްލެއްވޭ ކަންތައްތަކެއް ކުރަމުންދާ ކައުންސިލެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355