twitterviber whatsapp telegramfacebookyoutube instagram
7th November 2025

ހިއްކި ބިމުގައި ހަދާ ބަނދަރުގެ މަޝްރޫއުއަށް ކޮންސަލްޓަންޓެއް ހޯދަނީ

Apr 23, 2016

ކުޅުދުއްފުށީ ހިއްކި ބިމުގައި ހަދައި ބަނދަރުގެ މަޝްރޫއަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ ހިލޭ އެހީއާއެކު އެޅުމަށް ހަމަޖެހިފައިވާ ހާބާ އެކްސްޓެންޝަން ޕްރޮޖެކްޓަށް ކޮންސަލްޓިންގ ފާމެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަޝްރޫއުގެ ތެރޭގައި ޕްރޮޖެކްޓްގެ މަސައްކަތް މެނޭޖްކުރުމާއި، ޑީޓޭލް ޑިޒައިން ހެދުމާއި، ޕްރޮކިޔުމަންޓްގެ މަސައްކަތާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ބަލަހައްޓައި މޮނީޓަރ ކުރުން ހިމެނޭނެ ކަމަށެވެ.

ދިގުމިނުގައި 677 މީޓަރު ހުންނަ މި ބަނދަރު އަޅަން ހަމަޖެހިފައި ވަނީ ބިން ހިއްކައިގެން ކަމަށާއި މި މަސައްކަތަށް ގާތްގަނޑަކަށް 8 ލައްކަ ޑޮލަރު ހަރަދުވާނެ ކަމަށް ފިނޭންސުން މައުލޫމާތު ދެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ބަލާނީ އޭޑީބީގެ ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫއުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އޭޑީބީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުސޫލުން ކަމަށްވެސް އެއިއުލާނުގައި ބުނެފައި ވެއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގެ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަށް ފަސޭހަކަމާއެކު މަގުފަހި ކޮށްދިނުން ކަމަށް ފިނޭންސް އިން ބުނެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355