twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ޖަލާލުއްދީން ސްކޫލުގެ ފުޓްބޯޅަ މުބާރާތް ޓޮޕޭޒް ކާމިޔާބުކޮށްފި

Apr 24, 2016

17 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓޮޕޭޒް ހައުސް ހޯދައިފި އެވެ.

ޓޮޕޭޒް ޗެމްޕިއަންކަން ހޯދީ ސަފާޔަރ އާއި ބައްދަލުކޮށް 3-1 ލަަނޑުގެ ތަފާތަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓޮޕޭޒްގެ އަހުމަދު އަބުދުލް ސައްތާރެވެ. މުބާރާތުގެ އެކި ވަނަތަކަށް ބަލާލައިރު ބެސްޓްފޯވަޑްގެ މަގާމާއި ޕްރޮމިސިންގ ޕުލޭއާގެ މަގާމް ލިބުނީ ޓޮޕާޒް، އަހުޒަމް އަހުމަދަށެވެ.

ބެސްޓް މިޑްފިޑަރ ލިބުނީ ވެސް ޓޮޕާޒްގެ އަހުމަދު އަބުދުލް ސައްތާރަށެވެ. އަދި ބެސްޓް ޑިފެންޑަރގެ މަގާމު ހޯދައިފަވަނީ ޓޮޕާޒްގެ މުހައްމަދު ހަސަނެވެ. ބެސްޓް ގޯލް ކީޕަރުގެ މަގާމު ސަފާޔަރގެ ލަހުފާން އާތިފް ހޯދިއިރު މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އެމެރަލްޑްގެ ޖައިލަމް ޝާހް އެވެ. އޭނާ ވަނީ މުބާރާތުގައި 6 ގޯލް ޖަހާފަ އެވެ.

މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ޖަލާލުއްދީން ސްކޫލު ޕްރިންސިޕަލް މަހުދީ ޝާހިދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355