twitterviber whatsapp telegramfacebookyoutube instagram
15th July 2025

ނޮޅިވަރަންފަރު ސްކޫލުން މިދިޔަ އަހަރު ފާސްވި ދަރިވަރުންގެ އިންސަންތަ 70 އަށްވުރެ މައްޗަށް

Apr 25, 2016

ހދ ނޮޅިވަރަންފަރު ސްކޫލުން މިދިޔަ އަހަރު އޯލެވެލް އިމްތިހާނުންގެ 5 މާއްދާއިން ދަރިވަރުންގެ ފާސްވި އިންސައްތައް 70 އަށް ވުރެ މަތިވެއްޖެ އެވެ.

މިދިޔަ އަހަރު އެސްކޫލްް 5 މާއްދާއިން ފާސްވި އިންސައްތައަކީ 71.43 ކެވެ. އަދި އެއީ 2014 ވަނަ އަހަރާ ބަލާފައި 31.43 އިންސައްތައިގެ ކުރިއެރުމެކެވެ. 2014 ވަނަ އަހަރު 5 މާއްދާއިން ފާސްވެފައިވާ 40 އިންސައްތަ ދަރިވަރުންނެވެ. އަދި 2013 ގައި ފާސްވެފައިވަނީ 13.40 އިންސައްތަ ދަރިވަރުންނެވެ.

2015 ވަނަ އަހަރު އިގިރޭސި، ކެމިސްޓްރީ، އެކައުންޓް އަދި އެކޮނޮމިކްސް އިން ފާސްވި ކުރިން ވަނީ 2014 ވަަނަ އަަހަރަށް ވުރެ އިތުރު ވެފަ އެވެ. އަދި އިސްލާމް އިން ފާސްވި އިންސައްތަ 2014 ވަނަ އަހަރާ އެއް ވަރުވެފައި ވާއިރު ދިވެހި، ހިސާބު އަދި ބައޮލޮޖީން ފާސްވި އިންސައްތަ 2014 ވަނަ އަހަރަށް ވުރެ ވަނީ ދަށްވެފަ އެވެ.

ގްރޭޑް 10 އަކަށް ކިޔަވައިދޭ ނޮޅިވަރަމްފަރު ސްކޫލުން ފުރަތަމަ އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައި ވަނީ 2011 ވަނަ އަހަރު އެވެ.

މިދިޔަ އަހަރު އެސްކޫލުން ޖީސީ ހަދާފައިވަނީ 14 ދަރިވަރެކެވެ. މިއަހަރު ނޮޅިވަރަންފަރު ސްކޫލުގައި 240 ދަރިވަރަކު ތައުލީމް ހާސިލްކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355