twitterviber whatsapp telegramfacebookyoutube instagram
15th July 2025

ނާއިލާ މަރުގެ މައްސަލާގައި ހޯރަފުށި ރައްޔިތުން މުޒާހަރާކޮށްފި

Apr 25, 2016

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިޔާވި ހއ ހޯރަފުށީ ނާއިލާ އިދުރީސް މަރުވީ ޑޮކްޓަރުގެ އިހުމާލުން ކަމަށް ބުނެ އެރަށު ރައްޔިތުން ސިއްހީ މަރުކަޒު ކުރިމަތީ އިއްޔެ އިހުތިޖާޖު ކޮށްފި އެވެ.

މެއަށް ތަދުވެ ނޭވާލާން އުނދަގޫވާތީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ހޯރަފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ އުމުރުން 48 އަހަރުގެ ނާއިލާ ނިޔާވީ ހޯރަފުށިން ޑޮކްޓަރާ އެކު ކުޅުދުއްފުއްޓަށް ގެނެސް، ކުޅުދުއްފުށީ ބަނދަރުން އެމްބިއުލާންސްގައި ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

އިއްޔެ މުޒާހަރާގައި ރައްޔިތުން ވަނީ ދިވެހި ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އަތޮޅު ތެރޭގެ ހޮސްޕިޓަލްތަށް ހަރުދަނާ ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. އިހްތިޖާޖް ބައިވެރިން ތިބީ ހޯރަފުށީ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމަށް ގޮވާލާ ލިޔެފައިވާ ބޯޑުތަށް ހިފައިގެންނެވެ.

ނާއިލާއަށް ހޯރަފުށިން ފަރުވާދިން ޑޮކްޓަރާމެދު އެ އާއިލާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާތީ އެ މައްސަލަ މިހާރު ވަނީ ތަހުގީގު ކުރަންފަށާފަ އެވެ. އަދި މިވަގުތު އެޑޮކްޓަރު ހުންނެވީ މަސައްކަތާ  ދުރުކޮށް، ހދ ދިއްދޫ އަތޮޅު ހޮސްޕިޓަލުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355