twitterviber whatsapp telegramfacebookyoutube instagram
19th May 2025

ބަޝީރުގެ “ފުޓްބޯޅަ ސާމާނު” ސްޓޭޑިއަމުން ނެރެން އަންގައިފި

Apr 25, 2016

ކުޅުދުއްފުށީ ސެހެނާޒް، ބަޝީރު ޔޫސުފް ޒޯން ސްޓޭޑިއަމްގައި ބަހައްޓާފައި ހުރި ފުޓްބޯޅަ ސާމާން 7 ދުވަހުގެ ތެރޭގައި ނެރެން އަންގައިފި އެވެ.

ބަޝިރަކީ ކުޅުދުއްފުށީ އާރލީ ޓަޗް ފުޓްބޯޅަ އެކަޑަމީ ހިންގާ ފަރާތެވެ. އަދި އެތަނުގެ ދަރިވަރުން ކޮންމެ ދުވަހަކު ހެން ޕްރެކްޓިސް ކުރަމުންދަނީ ސްޓޭިއަމްގަ އެވެ. އެތަނުގެ ބޯޅަ ތަކާއި ފުޓްބޯޅައިގެ އެހެނިހެން އެއްޗެއް ބަހައްޓާފައި ހުންނަނީ ސްޓޭޑިއަމްގަ އެވެ.

ބަޝީރު އެތަކެތި އެތަނުގައި ބަހައްޓާފައި ހުރީ ކައުންސިލުން ސްޓޭދިއަމް ބެލެހެއްޓި އިރު، ކައުންސިލުގެ ހުއްދައިގެ ދަށުންނެވެ. ނަމަވެސް މިހާރު ސްޓޭޑިއަމް ބެލެހެއްޓުމުގެ ކަންކަން ވަނީ ކައުންސިލުގެ މަތިން ނަގާފަ އެވެ.

ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ ތަކެތި ސްޓޭޑިއަމްގައި ނުބެހެއްޓޭނެ ކަމަށެވެ. އަދި އެންމެ ފަރާތެއްގެ ތަކެތި އެގޮތަށް ބަހައްޓައިދޭ ކަމަށް ވަންޏާ އެހެން ފަރާތަކުން ވެސް އެގޮތަށް ތަކެތި ބަހައްޓަން ބޭނުންވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެންމެ ފަރާތެއް ތަކެތި ބަހައްޓާތީ އެމިނިސްޓްރީއަށް އެކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި އެހެން ފަރާތްތަކުންވެސް އެގޮތަށް ތަކެތި ބެހެއްޓުމަށް އެދެމުންދާ ކަމަށެވެ.  އެހެން ނަމަވެސް  ސްޓޭިއަމްގައި ތަކެތި ބަހައްޓާނެ ތަނެއް ނެތް ކަމަށާއި އެންމެ މަސްލަހަތު ހުރި ގޮތަކީ އެއްވެސް ފަރާތަކަށް ތަން ނުދިނުން ކަމަށް އޮފިސަލް ވިދާޅުވި އެވެ.

ބަޝީރުގެ ފުޓްބޯޅަ ސާމާނު ސްޓޭޑިއަމްގައި ބަހައްޓަމުން އަންނަތާ މިހާރު ވަނީ އަހަރެއްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355