twitterviber whatsapp telegramfacebookyoutube instagram
12th April 2026

8 އަހަރަށް ފަހު ނޮޅިވަރަންފަރު ޓްރެއިނިންގ ރިސޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

Apr 26, 2016

ނޮޅިވަރަންފަރުގައި އަޅައި ހަމަޖެއްސި ޓްރެއިނިންގ ރިސޯޓްގެ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެެވެ.

ނޮޅިވަރަންފަރުގައި ޓްރެއިނިންގ ރިސޯޓެއް ހެދުމަށް އެރަށުގެ ދެކުނު ފަރާތުން ބިމެއް ސަރުކާރުން ދޫކޮށްފައިވަނީ 2008 އަހަރު، ނަލަވެލި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގިނަ އަހަރުތަަކަކަށް ފަހު ޓްރެއިނިންގ ރިސޯޓް ހެދުމުގެ މަސައްކަތް މިދިޔަ ހަފްތާ ތެރޭގައި ފެށިފައިވާ ކަމަށެވެ.

އެގޮތުން އެސަރަހައްދުގައި މަސައްކަތު ސައިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ނޮޅިވަރަންފަރުގެ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައި ހިސާބެއްގައި ހަދާ މި ޓްރެއިނިންގ ރިސޯޓް ގާއިމްކުރުމަށް 4 ހެކްޓަރުގެ ބިމެއް ވަނީ ދީފަ އެވެ.

ނޮޅިވަރަންފަރުގެ އެންމެ ދެކުނު ފަރާތުގައި އޮންނަ ހިތްގައިމު ކުޅީގެ އުތުރުގައި ހަދާ މި ޓްރެއިނިންގ ރިސޯޓް ހެދުމަށް ދޫކޮށްފައިވާ އެގްރިމެންޓް އަންނަ އަހަރުގެ މާރިޗްމަހު ހަމަވާނެ އެވެ.

ގިނަ އަހަރުތަކަކަށް ފަހުވިޔަސް މި ޓްރެއިނިންގ ރިސޯޓް ހެދުމުގެ އަމަލީ މަސައްކަތް ފެށިފައިވާތީ ނޮޅިވަރަންފަރުގެ ރައްޔިތުންނާއި ހދ ގެ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355