twitterviber whatsapp telegramfacebookyoutube instagram
19th May 2025

ކުޅުދުއްފުށީ އުތުރު ކޮޅުގައި ނިމިފައިހުރި 18 ރޯހައުސްގެ ގުރުއަތުން ބާއްވަނީ

Apr 26, 2016

ކުޅުދުއްފުށީގައި އިމާރާތްކުރަމުންދާ 160 ރޯހައުސްގެ ތެރެއިން “ކަނބޯރަނި ހިޔާ” ނުވަތަ  އުތުރު ކޮޅުގައި ނިމިފައި ހުރި 18 ރޯހައުސްގެ ގުރުއަތުލުން ބާއްވާނެ ތާރީހެއް ކަނޑައަޅައިފި އެވެ.

އެގޮތުން ކަނބޯރަނި ހިޔާގެ 18 ރޯހައުސް ނިމިފައިވާއިރު އޭގެތެރެއިން ކުޅުދުއްފުށި މީހުންނަށް ހާއްސަ ކުރެވިފައިވާ 11 ރޯހައުސްއަށް ގުރުއަތުލުން ހަމަޖެހިފައިވަނީ 7 މެއި ވާ ހޮނިހިރު ދުވަހު ގެ ރޭގަނޑު 8:30 ގައި ހދ އޭއީސީ ހޯލުގައި ކަމަށާއި އަދި 18 ރޯހައުސްގެ ތެރެއިން ރަށުން ބޭރު މީހުންނަށް ހާއްސަކުރެވިފައިވާ 7 ރޯހައުސްއަށް ގުރުއަތުލުން އޮންނާނީ އެދުވަހުގެ ހެނދުނު 10:00 ޖަހާއިރު ކަމަށް ކައުންސިލުން ނެރުނު އިއުލާނުގައި ވެއެވެ.

ރޯހައުސްތަކަކުގެ ގުރުއަތަށް ގޮސްފައިވާ 160 ފަރާތުގެ ލިސްޓު މިހާރު ކައުންސިލް އިދާރާގައި ބެހެއްޓިފައި ވާއިރު ހޮވިފައިވާ ފަރާތުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން ހޯލަށް ވަޑައިގަތުމަށް ކައުންސިލުން އެދިލައްވައެވެ.

ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގުރާމުގެ ދަށުން ކުޅުދުއްފުށީގައި 160 ރޯހައުސް އިމާރާތް ކުރެވެމުންދާއިރު،  އޭގެތެރެއިން 100 ރޯހައުސް ކުޅުދުއްފުށި މީހުންނަށް ހާއްސަކުރެވިފައިވާއިރު 60 ރޯހައުސް ހާއްސަކުރެވިފައިވަނީ ރަށު ބޭރު މީހުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355