twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ނޮޅިވަރަންފަރުގައި ނަޖިސް ބޭރުވާ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރެވޭނެ: މިނިސްޓްރީ

Apr 27, 2016

ހދ ނޮޅިވަރަންފަރުގެ ނަރުދަމާ އަޅާފައިވާ ސަރަހައްދުން ނަރުދަމާގައި މައްސަލަ ޖެހި ރަށުތެރެއަށް ނަޖިސް ބޭރުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ހިއްސާވާ ކުންފުޏަކާ ހަވާލު ކުރުމުގެ މަސައްކަތް އެންވަޔަރަމެންޓް އެންޑް އެނާޖީއިން ފަށައިފިއެވެ.

މިނިސްޓްރީ  ބުނީ ނޮޅިވަރަންފަރު ޕަމްޕު ސްޓޭޝަންތައް ހަލާކުވެ ނަޖިސްބޭރުވަމުންދާ މައްސަލަ ހައްލުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއިއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެންމެ ކުޑައަގެއް ހުށައަޅާފައިވާ ފަރާތް ކަމުގައިވާ ފެނަކަ ކޯޕަރޭޝަނާއި މަސަކަތް ހަވާލު ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހުއްދަ ދިނުމާ ގުޅިގެން އެންވަޔަރަންމެންޓް މިނިސްޓްރީ އިން ފެނަކަ ކޯޕަރޭޝަނަށް މަސައްކަތް އެވޯޑް ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުުރުން އެންވަޔަރަންމެންޓް އެންޑް އެނާޖީ އާއި ފެނަކަ ކޯޕަރޭޝަނާއިއެކު ރަސްމީ އެއްބަސްވުމުގައި ސޮއި ކުރުން އަވަސް މުއްދަތެއްގައި އޮންނާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.

ނޮޅިވަރަންފަރުގައި ނަޖިސް ބޭރުވުމުގެ މައްސަލަ ދިމާވެފައިވަނީ 2010 ވަނަ އަހަރު ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ނޮޅިވަރަންފަރަށް ބަދަލުވި ހދ.މައިވާދޫއާއި ކުނބުރުދޫ އަދި ފަރިދޫ ރައްޔިތުން ބޭނުން ކުރުމަށް ގާއިމު ކުރި ނަރުދަމާ ނިޒާމުގެ ޕަމްޕު ސްޓޭޝަންތައް ހަލާކުވެގެންނެވެ. އަދި އެމައްސަލަ ހައްލު ނުވެ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355