twitterviber whatsapp telegramfacebookyoutube instagram
13th September 2025

އާދަމް އިބްރާހިމް ޒަހަމްވީ ކެރޭނު އޮޕަރޭޓްކުރަން އިން އެމްޕީއެލްގެ މުވައްޒަފުގެ ފަރުވާކުޑަ ކަމުން

Apr 27, 2016

އިއްޔެ އެމްޕީއެލް ސަރަހައްދުގައި އޮތް ބޯޓަކުން މުދާ ބާލަން އުޅުމުގެ ތެރޭގައި ޒަހަމްވި  ހދ ކުޅުދުއްފުށި،  ފެހިކުރި އާދަމް އިބްރާހިމް  58، ޒަހަމްވީ އެވަގުތު ކެރޭނު އޮޕަރޭޓު ކުރަން އިން އެމްޕީއެލްގެ މުވައްޒަފުގެ ފަރުވާ ކުޑަކަމުން ކަމަށް އާދަމް އިބްރާހިމް މަސައްކަތްކުރާ ބޯޓުގެ ކެޕްޓަން އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އާރުކޭއެލް ކެރިއާރ ކެޕްޓަން އަހުމަދު ނަސީމް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވީ ކަގޯ ބޯޓަކުން އާދަމް މަސައްކަތްކުރި ބޯޓަށް ދަގަނޑު ހޮޅިތަކެއް ލޯޑު ކުރުމަށް އުޅުމުގެ ތެރޭގައި ކެރޭނުގައި އެލުވާހުރި ހޮޅި ބަންޑެލިތައް އެހެން ކޮންޓެއިނާއެއްގައި ޖެހި ކަހާލައިގެން އައިސް އާދަމް ގައިގައި ޖެހުނީ ކަމަށެވެ. އަދި އާދަމް ވިއްސައިގެން އައިސް ބޯޓުގެ ޑެގުމަތީގައި ޖެހި ޒަހަމްވީ ކަމަށެވެ.

އޭނާ އޮތީ ވަރަށް ބޮޑަށް ޒަހަމް ވެފައި ކަމަށާއި އެކަން އެހެން މެދުވެރިވީ ކެރޭނުގައި އެވަގުުތު އިން މީހާގެ ބަލަން ވާވަރަށް ނުބެލުމުން ކަމަށް ނަސީމް ފާހަގަކުރެއްވި އެވެ.

އާދަމް އިބްރާހިމަށް މިހާރުވެސް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން ނެވެ.

 

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355