twitterviber whatsapp telegramfacebookyoutube instagram
7th November 2025

މެޖިސްޓްރޭޓުންނަށް ހާއްސަކޮށްގެން ސެމިނާއެއް ހޯރަފުށީގައި ފަށައިފި

Apr 28, 2016

ހއ، ހދ، އަދި ށ، ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް ޚާއްޞަކޮށް ހޯރަފުށީގައި މިއަދު ސެމިނަރ އެއް ފަށައިފިއެވެ.

ޖޭއެސްސީ އިން މައުލޫމާތު ދޭގޮތުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސެމިނަރގައި މެޖިސްޓްރޭޓުންނަށް މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެއްވާނީ ކޮމިޝަނުންގެ މަސައްކަތްތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާއި އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބިނާވެފައި ހުންނަ މައިގަނޑު މައްސަލަތަކާ ގުޅިގެން އެފަދަ ކަންކަން ހައްލުކުރުމަށް ފަނޑިޔާރުންގެ މަސައްކަތް ބިނާކުރަންޖެހޭގޮތްތަކާއި ގުޅޭގޮތުންނެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ އަދުލުގެ ނިޒާމުގައި ކުޑަކުދިންނާމެދު ޢަމަލުކުރުމަށް ހަދާފައިވާ އުސޫލުތަކާ ބެހޭގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން މި ސެމިނަރގައި މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންދަވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މި ސެމިނަރގައި ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދެއްވާނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު މުޙައްމަދު ފައިސަލާއި، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުލްޙަންނާނު އަޙުމާދައި ކޮމިޝަންގެ ޑިރެކްޓަރ ކޯޕަރޭޓް އެފެއާޒް މުޢުމިނާ އުމަރާއި އަދި އެސިސްޓެންޓް ޑިރެކްޓަރ ހިއުމަން ރިސޯސް އާމިނަތު ޝުރުފަތު އާދަމުއެވެ.

ހޯރަފުށީގައި އެ ސެމިނާ މިއަދު ފައްޓަވައިދެއްވީ ޖޭއެސްސީގެ ނައިބް ރައީސް މުހައްމަދު ފައިސަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355