twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހއ އޭއީސީގެ 3 ދަރިވަރަކަށް ފާހާނާ ބޭނުން ކުރުން މަނާކުރީ ބެލެނިވެރިންގެ ހާޒިރުގަ

Apr 28, 2016

ހއ އަތޮޅު ތައުލީމީ މަރުކަޒުގެ 3 ދަރިވަރަކަށް ވަކި މުއްދަތެއް ތެރޭގައި ސްކޫލުގެ ފާހާނާތައް ބޭނުން ކުރުން މަނާކުރީ އެކުދިންގެ ބެލެނިވެރިންގެ ހާޒިރުގައި ކަމަށް އެސްކޫލުން ބުނެފި އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް 3 ދަރިވަރަކަށް ސްކޫލުގެ ފާހާނާތައް ބޭނުން ކުރުން މަނާކުރިކަމަށް ދެކެވޭ ވާހަކަ އާއި އެކަންތައް ކޮށްފައިވަނީ އެކުދިންގެ ބެލެނިވެރިންނަށް އެންގުމަކާއި ނުލާ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ސްކޫލުން ދޮގުކުރައްވައިފަ އެވެ.

ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވަކި މުއްދަތަކަށް 3 ދަރިވަރަކަށް ސްކޫލުގެ ފާހާނާތައް ބޭނުން ކުރުން މަނާ ކުރީ އެކުދިންގެ ބެލެނިވެރިން ހާޒިރުކޮށް، ބަޔާނުގައި ސޮއިކުރުމަށް ފަހު ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަން ޖެހުނީ ސްކޫލުގެ ފާހާނާތައް ހަލާކު ކުރާތީ އަދަބެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެމުއްދަތުގެ ތެރޭގައި އެކުދިން ފާހާނާއަށް ދާން ބޭނުން ވެއްޖެނަމަ ފާހާނާކުރުމަށް އެކުދިންގެ ގެއަށް ފޮނުވާގޮތަށް ހަމަޖައްސާފައިވާ ކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ. ފާހާނާ ބޭނުންކުރުން މަނާކުރި މުއްދަތު އަންނަ ހަފްތާ ތެރޭ ހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވީ އެކަމާ ގުޅިގެން އެ 3 ކުދިންގެ ބެލެނިވެރިން ސްކޫލުގައި ކަންބޮޑުވުންފާޅުކޮށް، މައްސަލަ ޖައްސާފައި ނުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355