twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހޯމް މިނިސްޓަރ އުމަރު ނަސީރާއި ދިއްދޫ ކައުންސިލުން ބައްދަލުކުރައްވައިފި

Apr 28, 2016

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިނާނު އާއި މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އުމަރު ނަޞީރާއި ބައްދަލުކުރައްވައިފި އެވެ.

ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވި މި މިބައްދަލުކުރެއްވުމާ ގުޅޭގޮތުން “ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަވަމުން ދިއްދޫ ކައުންސިލްގެ ރައީސް ސީނާން ވިދާޅުވީ މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީީ ދިއްދޫ ގަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ބެހޭ ގޮތުން ކަަމަށެވެ.

އޭނާ ވިދާޅުވީ އެކަމަށް ހޯމް މިނިސްޓަރގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައިވާ ކަމަށެވެ. އަދި ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އެމްއާރުޑީސީއާ ވާހަކަ ދައްކަގެން ރޯދަމަހަށް ނިންމާލެވޭ ތޯ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ސިނާންގެ އިތުރުން ހއ ދިއްދޫ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355