twitterviber whatsapp telegramfacebookyoutube instagram
5th June 2025

ވައްކަމުގެ މައްސަލަތަކެއްގައި ހައްޔަރުކުރި 3 މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް

May 2, 2016

ސައިކަލަކާއި ސައިކަލުތަކެއްގެ ބައިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ހައްޔަރުކުރި 3 މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ދީފި އެވެ.

ވައްކަމުގެ މިމައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 3 މީހުންނަކީ ކުޅުދުއްފުށީ، ގޮނޑުމަތީގެ މުހައްމަދު އަލީ 28އ އާއި ތަންބީގެ ހަސަން އަހުމަދު 23އ އާއި ކުދިމާގެ، މުސްތަފާ މުހައްމަދު 19 އ އެވެ.

ފުލުހުން ބަލައިފާސްކޮށް، މިތަކެތި ނެރެފައިވަނީ ކުޅުދުއްފުށީ، ގޮނޑުމަތީގެ އިންނާއި ޖޭމުގެ އިންނެވެ. ޖޭމުގެއަކީ ފަޅުގެއެކެވެ.

ގޮނޑުމަތީގެއިން ފުލުހުން ނެރުނު ސައިކަލުތަކެއްގެ ބައިތައް ހުރީ ގޯނިތަކަކަށް އަޅާފަ އެވެ.ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ސައިކަލް ހުރީ ޖޭމްގޭގައި ފޮރުވާފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com