– ޝަރުމީލާ ހަސަން –
ފޯމިކުސް ފިހާރައިން ކުރިއަށްގެންދިޔަ ބައި އެންޑް ވިން ޕުރޮމޯސަން ގުރުއަތުލުން ނަގައިފި އެވެ.
1 މާރިޗް އިން 30 އޭޕްރިލް 2016 އަށް ކުޅުދުއްފުށީ ފޯމިކުސް ފިހާރައިގައި ކުރިއަށް ގެންދިޔަ ޕުރޮމޯސަންގެ ގުރުއަތުލުން ހޮވައިފިއެވެ.
މި ގުރުއަތުލުން ހޮވާފައި ވަނީ އިއްޔެ ހަވީރު އެވެ. ގުރުއަތުން ހޮވުނު ބައިވެރިންނަށް އިނާމް ހަވާލް ކޮށްދެއްވާފައިވަނީ ކުޅުދުއްފުށި އަފީފުއްދީން ސްކޫލްގެ ޕުރިންސިޕަލް ނާސިހާ އިދުރީސް އެވެ.
އެގޮތުން 1ވަނަ ލިބިގެން 24ބައިސްކަލް އެއް ލިބިފައި ވަނީ ކުޅުދުއްފުށި ނޫރަލީގެ، އަފިއްޔާ އުމަރަށެވެ. 2ވަނަ ލިބިގެން 20ބައިސްކަލް އެއް ލިބިފައި ވަނީ ކުޅުދުއްފުށި އައިސް، ސިރުމީނާއަށެވެ. އަދި 3ވަނަ ހޮވުނު ބޭފުޅާއަށް ލިބުނީ 500ރުފިޔާގެ ވައުޗާއެކްވެ. ވައުޗާ ލިބިލެއްވީ އެރޯވިލާ، ފާތުމަތު އާދަމް އަށެވެ.