twitterviber whatsapp telegramfacebookyoutube instagram
14th August 2026

18 ރޯހައުސްގެ ގުރުއަތުލުން މިހާރު އޮންނަ ގޮތަށް ހަމަޖެހިފައިވަނީ ތިލަދެކުނު ސިނަމާގައި

May 3, 2016

ކުޅުދުއްފުށީގައި އިމާރާތްކުރަމުންދާ 160 ރޯހައުސްގެ ތެރެއިން “ކަނބޯރަނި ހިޔާ” ނުވަތަ  އުތުރު ކޮޅުގައި ނިމިފައި ހުރި 18 ރޯހައުސްގެ ގުރުއަތުލުން ކުރިން ބާއްވަން ހަމަޖެއްސިތަނުގެ ބަދަލުގައި މިހާރު ގުރުއަތުލުން ބާއްވަން އޮތީ ތިލަދެކުނު ސިނަމާގަ އެވެ.

ގުރުއަތުލުން ބާއްވާނެ ތަން ބަދަލުވެފައިވާ ވީނަމަވެސް ތާރިހަކަށާއި ގަޑިތަކަށް ބަދަލު އައިސްފައެއް ނުވެ އެވެ.

އެގޮތުން ކަނބޯރަނި ހިޔާގެ 18 ރޯހައުސް ނިމިފައިވާއިރު އޭގެތެރެއިން ކުޅުދުއްފުށި މީހުންނަށް ހާއްސަ ކުރެވިފައިވާ 11 ރޯހައުސްއަށް ގުރުއަތުލުން ހަމަޖެހިފައިވަނީ 7 މެއި ވާ ހޮނިހިރު ދުވަހު ގެ ރޭގަނޑު 8:30 ގައި އެވެ.

އަދި 18 ރޯހައުސްގެ ތެރެއިން ރަށުން ބޭރު މީހުންނަށް ހާއްސަކުރެވިފައިވާ 7 ރޯހައުސްއަށް ގުރުއަތުލުން އޮންނާނީ އެދުވަހުގެ ހެނދުނު 10:00 ޖަހާއިރު ތިލަދެކުނު ސިނަމާގަ އެވެ.

ރޯހައުސްތަކަކުގެ ގުރުއަތަށް ގޮސްފައިވާ 160 ފަރާތުގެ ލިސްޓު މިހާރު ކައުންސިލް އިދާރާގައި ބެހެއްޓިފައި ވާއިރު ހޮވިފައިވާ ފަރާތުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން ހޯލަށް ވަޑައިގަތުމަށް ކައުންސިލުން އެދިލައްވައެވެ.

ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގުރާމުގެ ދަށުން ކުޅުދުއްފުށީގައި 160 ރޯހައުސް އިމާރާތް ކުރެވެމުންދާއިރު،  އޭގެތެރެއިން 100 ރޯހައުސް ކުޅުދުއްފުށި މީހުންނަށް ހާއްސަކުރެވިފައިވާއިރު 60 ރޯހައުސް ހާއްސަކުރެވިފައިވަނީ ރަށު ބޭރު މީހުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355