twitterviber whatsapp telegramfacebookyoutube instagram
19th May 2025

ފޯކައިދޫގައި ޔޫތް ސެންޓަރެއް ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކޮށްފި

May 4, 2016

ށ ފޯކައިދޫގައި ޔޫތް ސެންޓަރެއް ތަރައްގީކުރުމަށް ނިޝާން ކޮންސްޓްރަކްޝަކަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

ފޯކައިދޫ ކައުންސިލާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދާއި ނިޝާން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު  އައިމިނަތު ޒަލީފާ އެވެ.

މައިގަނޑު ގޮތެއްގައި އިންޑޯގަ ކުޅެވޭ ހުރިހާ ކުޅިވަރުތަކެއް ކުޅެވޭނެ ހެން ހަދައި މި ޔޫތް ސެންޓަރު ބޮޑު ބައެއް މިހާރުވެސް އިމާރާތްކޮށް ނިމިފައިވާ ކަމަށާއި ނިޝާން ކޮމްޕެނީއާ މިއަދު ހަވާލުކުރީ އެތަނުގެ އެންމެ ފަހު ފޭސްގެ މަސައްކަތައް ކުރުމަށް ކަމަށް ފޯކައިދޫ ކައުންސިލުގެ ރައީސް މިނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެގޮތުން 55 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ނިޝާން ކޮމްޕެނީއާ ހަވާލުކުރީ އެއިމާރާތުގެ ފާހާނާ ނިޒާމް ގާއިމްކުރުމާއި ކަރަންޓްވައިރު ކުރުމާއި މުށި ޖެހުން ފަދަ ކަންތައްތައް ކަމަށް ރާޝިދު ވިދާޅުވި އެވެ.

ފޯކައިދޫ ކައުންސިލާއި ހެޔޮއެދޭ ފަރާތްތެއް އެހީތެރިކަމާއި އެކު ހެދި މި އިމާރާތުގެ މި ފޭސްގެ 90 އިންސަތަ މަސައްކަތުގެ ހަރަދުކުރަން ހަމަޖެހިފައިވަނީ ޔޫތް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާޝިދު ވިދާޅުވީ ޔޫތް ސެންޓަރު އަޅައި ނިމުމުން އެތަން ބޭނުންވާ ކުޅިވަރު ސާމާނާއި އިންޑޯކުޅިވަރުތަކަށް ބޭނުންވާ ހުރިހާ ވަސީލަތަކެއް ޔޫތް މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355