twitterviber whatsapp telegramfacebookyoutube instagram
19th May 2025

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

May 5, 2016

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

މިރޭ ޓީއާރްސީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ގުރުއަތުލުން ނަގައިދިނީ ކުޅުދުއްފުށީގެ ކައުންސިލް މެންބަރުންނެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ކުޅުދުއްފުށީ ކައުންސިލް އެވެ.

ޖުމްލް 19 ޓީމް ވާދަކުރާ މި މުބާރާތުގައި 4 ގުރޫޕަކަށް ޓީމްތައް ބެހިފައިވާއިރު ޖުމްލަ 43 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.

މެއި މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރޫޕް އޭ ގައި ހިމެނެނީ އެންމެ ފަހުން ތިން އަހަރުގެ ޗެމްޕިއަން ޕޮލިސް ގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް، އަފީފުއްދީން ސްކޫލް އަދި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަސް އެވެ.

އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ސެމީގައި ކުޅުނު 4 ޓީމު ސީޑު ކޮށްފައިވާއިރު ގުރޫޕް ބީ ގައި ހިމެނެނީ ސިވިލް ފަޔާ، އާޕޮއިންޓް، ކުޅުދުއްފުށީ ކައުންސިލް، އެޓޯލް ކައުންސިލް އެސްއާރްސީ ގެ އިތުރުން އެމްއާރްޑީސީ އެވެ.

ގުރޫޕް ސީ ގައި ހިމެނެނީ ދިރާގު، ފެނަކަ، ޓީމް އޫރިދޫ، ހދ އޭއީސީގެ އިތުރުން ކުޅުދުއްފުށީ ޕޯޓް އެވެ. ހަތަރު ޓީމު ހިމެނުނު ހަމައެކަނި ގުރޫޕް ކަމުގައިވާ ގުރޫޕް ޑީ ގައި ހިމެނެނީ އެސްޓީއޯ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ކްލަބް އިމިގުރޭޝަން ގެ އިތުރުން ޖަލާލުއްދީން ސްކޫލް އެވެ.

މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355