ޗެމްޕިއަންސް ލީގުގެ ފައިނަލަށް މެޑްރިޑްގެ ދެ ބާރު ކަމުގައިވާ ރިއަލް މެޑްރިޑް އަދި އެތުލެޓިކޯ މެޑްރިޑް ދަތުރުކޮށްފި އެވެ. މިއީ މި ދެ ޓީމުން ތިން އަހަރު ތެރޭ ފައިނަލުގައި ބައްދަލުކުރާ ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
މިރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގެ ދެވަނަ ލެގު 1-0 އިން ކާމިޔާބުކޮށް 1-0 ގެ އެގްރިގޭޓް ސްކޯ އަކުން ރިއަލް ވަނީ މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރިހޯދާފަ އެވެ.
މި މެޗުގެ ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 20 ވަނަ މިނެޓްގައި ގެރެތު ބޭލް ހުރަސްކޮށްލަން މަސައްކަތް ކުރި ބޯޅައެއް ސިޓީގެ ފެނާންޑީނިއޯގެ ފައިގައި ޖެހިފައި ވަދެގެންނެވެ.
މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑްގެ ދަނޑުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައިވާއިރު ބައި ކޮޅަށް އެއްވެސް ލަނޑެއް ވަދެފައެއް ނުވެ އެވެ. އަދި އަމިއްލަ ދަނޑުގައި ޖުމްލަ 19 ލަނޑު އަމިއްލަ ދަނޑުގައި ކާމިޔާބުކޮށްފައިވެ އެވެ.
މިއީ ރިއަލްއިން ފައިނަލަށް ދަތުރުކުރި 14 ވަނަ ފަހަރަށްވާއިރު 10 ފަހަރު ރިއަލް އިން ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގެ ފައިނަލު ކުޅެވޭނީ މޭ 28 ގަ އެވެ.