ކުޅުދުއްފުށީ ހޮނހިރު ބާޒާރުގައި ބަނބުކޭލުގެ އަގު މިއަދު ހެޔޮވިއިރު އަނބުގެ އަގު ވަނީ އުފުލިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު 50 ރުފިޔާއަށް ހުރި ބަނބުކޭލެއް މިއަދު ބާޒާރުގައި ހުރީ 20 ރުފިޔާ އާއި 40 ރުފިޔާގެ ދެމެދުގެ އަގުތަކެއްގަ އެވެ.
ނަމަވެސް މިއަދު އަނބުގެ އަގުހުރީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން އަނބު ކިލޯއެއް ހުރީ 80 ރުފިޔާ އާއި 100 ރުފިޔާއަށެވެ. ދިވެހި އެންމެ އަނބެއްގެ އަގު ހުރީ 20ރ އަދި 25 ރުފިޔާއަށެވެ.
މިދިޔަ ހޮނިހިރު ދުވަހާއަޅައި ބަލާއިރު ބާޒާރުގެ އަނބު ހުރީ މަދު ކަން ފާހަގަކުރެވެ އެވެ. ބާޒާރުގައި އާއްމު ގޮތެއްގައި ހުރީ ފީވަކު އަނބެވެ.