twitterviber whatsapp telegramfacebookyoutube instagram
19th May 2025

ފުރަތަމަ ބުރުގައި ކަނބޯރަނި ހިޔާއިން ރޯހައުސް ލިބުނު ކުޅުދުއްފުށީ ފަރާތްތައް

May 8, 2016

ކަނބޯރަނި ހިޔާ ނުވަތަ ކުޅުދުއްފުށީ އުތުރުކޮޅުގައި އިމާރާތްކޮށް، ނިމިފައި ހުރި 18 ރޯހައުސްގެ ތެރެއިން ކުޅުދުއްފުށީ މީހުންނަށް ހާއްސަ ކުރެވިފައިވާ 11 ރޯހައުސްގެ މެދުގައި ގުރުއަތުލުން ބާއްވައިފި އެވެ.

ކަނބޯރަނި ހިޔާގައި ނިމިފައި ހުރި 18 ރޯހައުސްގެ ތެރެއިން 7 ރޯހައުސް ހަމަޖެހިފައިވަނީ ރަށު ބޭރު މީހުންނަށެވެ. އެ 7 ރޯހައުސްގެ މެދުގައި ގުރުއަތުލުން ބާއްވާފައިވަނީ އިއްޔެ ހެނދުނު 10 ޖެހިއިރު ތިލަދެކުނު ސިނަމާގަ އެވެ.

ކުޅުދުއްފުށީ މީހުންނަށް ހާއްސަކުރެވުނު 11 ރޯހައުސްގެ މެދުގައި ގުރުއަތުލުން ބާއްވާފައިވަނީ ރޭ ގަ އެވެ.

11 ރޯހައުސް ލިބުނު ފަރާތްތައް:-

އާދަމް އިސްމާއިލް، އިރަމާގެ

އަހުމަދު ޒަކަރިއްޔާ، ހިތިގަސްދޮށުގެ

ޝަރީފާ އިބުރާހިމް، ސިތާރާވިލާ

ޝާހިދާ މުހައްމަދު، ސޯސަންވިލާ

ތޮލްހަތު އިބުރާހިމް، ފިނިފެންޖަންބުގެ

މަދީހާ އިބުރާހިމް، އީރޯ

އައިޝަތު މުހައްމަދު، ސޯސަންވިލާ

އަބުދުލްރަޝީދު އަލީ، ދިލްކަޝްގެ

މުހައްމަދު ރިޔާޒް، ހިތިމާގެ

އަލީ އަބުދުﷲ، ސައްލިގެ

ރިމްސާ އުމަރު، ނޫރަލީގެ

ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތް ކުރަމުންދާ 160 ރޯހައުސްގެ ތެރެއިން 100 ރޯހައުސް ދިނުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ މީހުންނަށެވެ. ބާކީ 60 ރޯހައުސް ދިނުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރު މީހުންނަށެވެ. 160 ރޯހައުސްގެ ތެރެއިން އިމާރާތްކޮށް މުޅިން އަދި ނިމިފައިވަނީ އެންމެ 18 ރޯހައުސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355