ކުޅުދުއްފުއްޓާއި ށ ފުނަދޫގައި އެއާޕޯޓު ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ސައުދީ ސަރުކާރުގެ އެހީގައި ލ މާވަށުގައި އިމާރާތްކުރި މިސްކިތް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހދ އަތޮޅަށް ޓޫރިޒަމް ތައާރަފް ކުރަން ސަރުކާރުން ބޭނުންވާ ކަމަށާއި އެކަމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.
ހދ. އަތޮޅަށް ޓޫރިޒަމް އައުމުގެ ކުރިން މިއަހަރުގެ ތެރޭގައި ކުޅުދުއްފުއްޓާއި ފުނަދޫގައި އެއާޕޯޓު ތަރައްގީ ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.