twitterviber whatsapp telegramfacebookyoutube instagram
14th August 2026

ވިއެޓްނާމްގައި އޮންނަ އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ނަޝާ ވާދަކުރަނީ

May 11, 2016

ވިއެޓްނާމުގެ ހޯ ޗީ މިންޙް ސިޓީގައި އަންނަ ޖޫންމަހު އޮންނަ 17 ވަނަ އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީގެ އެތުލީޓް ނަޝާ ނިޒާރު ވާދަކުރާގޮތަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.

ޖޫން މަހުގެ 3ން 6ށް ވިއެޓްނާމްގެ އޮންނަ މި މުބާރާތަށް ރާއްޖެއިން ހޮވި ޓީމްގައި ނަޝާ ހިމެނިފައިވަނީ އެތްލެތީކްސް އެސޯސިއޭޝަނުން މިމަހުގެ 8 ން 9 ށް ކުރިއަށް ގެންދިޔަ ޓައިމް ޓްރަޔަލްއިން 1 ވަނަ ހޯދައިގެންނެވެ.

ޓައިމް ޓްރަޔަލް އިން 1 ވަނަ ހޯދައި ދަރިވަރެއްގެ ކޯޗު މި މުބާރާތައް ރާއްޖެއިން ހޮވޭ ޓީމްގެ ކޯޗްގެ ގޮތުގައި ހަމަޖެހިފައިވުމުގެ މިމުބާރާތުގައި ރާއްޖޭއިން ވާދަކުރާ ޓީމުގުގެ ކޯޗަކަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލްގެ ސްޕޯޓްސް ސްޕަރވައިޒަރ މުހައްމަދު ހަސަނެވެ.

މިދިޔަ އަހަރު މާލޭގައި ބޭއްވި ޤައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްއިން 200 އާއި 400 މީޓަރު ދުވުމުން ނަޝާ ވަނީ ރަން މެޑެލް ހޯދައިފަ އެވެ.

މި ޓީމްގައި ދެން ހިމެނެނީ އެސޯސިއޭޝަންގެ ޓްރެއިނިންގ ޕޫލްއެއްގައި ހިމެނޭ އިބްރާހީމް މުހައްމަދާއި، އިސްކަންދަރު ސްކޫލްގެ އައިޝަތު ޒާރާ އާޠިފްއެވެ. މިޓީމްގެ މެނޭޖަރަކީ ސުލްތާން ސަޢީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355