twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަތޮޅަށް ދިމާވެހުރި ތަރައްގީގެ މައްސަލަތައް ސަރުކާރުގެ ބައެއް މިނިސްޓަރުންނާ ހިއްސާކުރައްވައިފި

May 11, 2016

ހދ. އަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ  ތަރައްގީގެ މައްސަލަތައް ހިއްސާ ކުރެއްވުމަށް، އަތޮޅު ކައުންސިލްގެ ފަރާތުން ސަރުކާރުގެ ބައެއް ވަޒީރުންނާ ބައްދަލު ކުރައްވައިފި އެވެ.

އެގޮތުން ހޯމް މިނިސްޓަރ އުމަރު ނަސީރާއި، އިސްލާމިކް އެފެއާޒް މިނިސްޓަރ ޑޮކްޓަރ އަހުމަދު ޒިޔާދު، އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު، އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެޑިއުކޭޝަންގެ އިސްވެރިންނާ ބައްދަލު ކުރައްވާފައިވެ އެވެ

މިބައްދަލުކުރެވުން ތަކުގައި ހދ އަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެކަންކަމަށް ހައްލެއް ލިބޭތޯ މަޝްވަރާކޮށްފަވާ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައި އެވެ.

އަދި ހދ އަތޮޅުގެ ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓްތަކާއި، ބަޖެޓްކުރެވި ނުފެށިހުރި މަޝްރޫއުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ހިއްސާ ކުރަމުންދާ ކަމަށް އެފަރާތުން މައުލޫމާތު ދެއްވަ އެވެ.

މާލޭގައި ކުރިއަށްދާ މިބައްދަލުުންތަކުގައި ކައުންސިލުގެ ފަރާތުން ބައިވެރިވެލައްވަނީ  ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްއުސްތާޛު އަހުމަދު އިބްރާހީމާއި، ކައުންސިލް މެމްބަރު އަހުމަދު އާޠިފް އަދި މުހައްމަދު ވަސީމު އެވެ.

ކައުންސިލުން ބުނީ ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީއާއެކުވެސް ބައްދަލުވުންތައް ބޭއްވުމަށް  މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355