twitterviber whatsapp telegramfacebookyoutube instagram
12th April 2026

ހއ ދިއްދޫގެ ގޮނޑުދޮށް ހިމާޔާތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

May 12, 2016

ހއ ދިއްދޫ އަދި ނ ވެލިދޫގެ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 27 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ ގޮނޑުދޮށުގެ 450 މީޓަރުވަނީ ހިމާޔަތް ކުރުމަށް ނިންމާފަ އެވެ. އަދި ވެލިދޫގެ ގޮނޑުދޮށުން 245 މީޓަރު ހިމާުޔަތް ކުރުމަށް ނިންމާފައި ވާއިރު މި މަޝްރޫއަށް ކަނޑައެޅިފައިވާ މުއްދަތަކީ 180 ދުވަހެވެެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ އެއްބަސް ވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްރުއްޒާގު ހަލީމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355