ޝަރުމީލާ ހަަސަން
ދިއްދޫ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކަސްރަތު ޕުރޮގްރާމުގެ ބައިވެރިންނަށް ނިއުޓްރިޝަން އެންޑް ލައިފް ސްޓައިލް ކުލާހެއް ބާއްވައިފި އެވެ.
މި ކުލާހުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުގެ މުހިއްމުކަމާއި ކަސްރަތުކުރުމުން ލިބޭ ފައިދާތަކާއި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކަސްރަތު ކުރާއިރު ސަމާލުކަން ދޭންވީ ކަންތައްތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް ވެސް ކިޔައި ދީފައިވެއެވެ. މި ކުލާހުގައި މައުލޫމާތު ދެއްވީ ހއ އަތޮޅު ހޮސްޕިޓަލްގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ ހައްވާ ވަހީދާއެވެ.
މި ޕްރޮގުރާމް އަކީ ހއ ދިއްދޫ ޕޮލިސް ސްޓޭޝަނާއި ހއ ދިއްދޫ ޓީނޭޖް ބޯއިސް ސްޕޯޓްސް ކުލަބް ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. 108 އަންހެން ބޭފުޅުން ބައިވެރިވި މި ޕްރޮގުރާމް އަކީ 35 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ މަގުސަދަކީ އިޖުތިމާއި ގުޅުން ވަރުގަދަކޮށް، ދުޅަހެޔޮ މުޖުތަމައުއެއް ގާއިމްކޮށް ރައްކާތެރި ދިރިއުޅުމަކަށް މަގު ފަހިކުރުމަށާއި ކަސްރަތުކުރުމުގެ މުހިއްމުކަން އަންގައިދިނުމަށް އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ މި ޕްރޮގުރާމު ހިންގާ ފަރާތުން މައުލޫމާތު ދެއެވެ.
ބައިވެރިން ކުރި ސުވާލުތަކަށްވެސް ކުލާހުގެ ތެރެއިން ވަނީ ޖަވާބު ދިފައިވެއެވެ.