twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހއ އަތޮޅުގައި ޑެންގީ ހުން މިވަގުތަށް ވަނީ ކޮންޓްރޯލް ކުރެވިފަ

May 15, 2016

އޭޕްރީލްމަހާއި މިމަހު ކުރީކޮޅުގައި ހއ އަތޮޅުގައި ފެތުރުނު ޑެންގީ ހުން މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ހއ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވީ އެއަތޮޅުން ޑެންގީހުމުގެ ކޭސްތައް ފެނިފައިވަނީ ދިއްދޫ އާއި އިހަވަންދޫ ކަމަށެވެ. އެހެންނަމަވެސް މިވަގުތު ޑެންގީ ހުން ކޮންޓްރޯލްކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ހަސަން ވިދާޅުވީ ޑެންގީ ހުން ފެތުރެން ފެށުމުން މަދިރި މަދުކުރުމުގެ ޕްރޮގުރާމްތައް ދިއްދޫގައި އާއި އިހަވަންދޫގައި ކުރިއަށްގެންދިޔަ ކަމަށާއި މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ ޑެންގީހުން ޖެހިފައިވާ އެންމެ މީހަކަށް ކަމަށެވެ. އަދި އެމީހާގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް މުހައްމަދު ވިދާޅުވި އެެވެ.

މިމަހުގެ 7 ވަނަ ދުވަހާ ހަމައަށް އިހަވަންދޫއިން ޑެންގީހުމުގެ 13 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު މިމަހު 2 ވަނަ ދުވަހާ ހަމައަށް ދިއްދޫއިންވެސް ޑެންގީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355