twitterviber whatsapp telegramfacebookyoutube instagram
14th August 2026

ކުޅުދުއްފުށިގައި އިމާރާތްކުރާ ރޯހައުސްތައް ނުނިމި ދިގުލައި ދިއުމުގައި ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު

May 15, 2016

2011 ވަނަ އަހަރު ކުޅުދުއްފުށީގައި އިމާރާތްކުރަން ފެށި ރޯހައުސްތައް ނުނިމި ދިގުލައި ދިއުމުގައި ސަރުކާރުގެ އިހުމާލު ވަރަށް ބޮޑުކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

“ކުޅުދުއްފުށީ އޮންލައިނަށް” ދެއްވި އިންޓަވިއުގައި އަލީ މުހައްމަދު ވިދާޅުވީ އެމަސައްކަތް ކުރާތާ މިހާރު އެއްތަށް އަހަރެއްވެފައިވާއިރު އެމަޝްރޫއު ކުރިއަށް ނުދާތީ ކައުންސިލުން އެތަށް ފަރަހަކު ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާނޭ ކަމަށާއި އެހެން ނަމަވެސް އެކަމުގައި މިއަދާ ހަމައަށްވެސް މިނިސްޓްރީން ވަކި އެއްޗެއް އަންގައިފައިނުވާ ކަމަށް އަލީ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ހިއްކި ބިމުގައި އިމާރާތްކުރާ 100 ރޯހައުސްގެ މަސްރޫއު ސަރުކާރުން ހުއްޓުވާލައިފަކަމަށް އަލީ ވަނީ ތުހުމަތުކުރައްވާފައި އެވެ. އަދި ކަނބޯރަނި ހިޔާގައި ވެސް ކޮންކުރިޓްގެ މަސައްކަތް ނުނިމިހުރި ރޯހައުސް ހުރިއިރު އެކަންކަމާ ސަރުކާރުން އަޅައި ނުލާކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ވަރަށް ދެރަވަރުކަންކަން ކަމަށާއި މިކަމުގެ ސަބަބުން އެތަށް ރައްޔިތުންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

2010 އިމަރާތްކުރަން ފެށި 160 ރޯހައުސްގެ ތެރެއިން މިހާތަނަށް ނިމި ކުޅުދުއްފުށީ ކައުންސިލާ ހަވާލުކޮށްފައިވަނީ އެންމެ 18 ރޯހައުސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355